© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ފިލާނެތޯ ލޯތަކުން މިފޫދޭ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
އިސްނަގާ ހިނގާދާން
ރާގު: -
ޅެން: އަހުމަދު ރިފާޢު
އިސްނަގާ ހިނގާދާން ފާޅުގައި ދަރީންނޭ
މުސްލިމެއްގެ ގޮތުގައި ފަޙުރު ވެރި ވެލާން
ދިންނަވާނެ މަގުގައި ހިއްވަރާ އެކީގައި
ދެންފަހަށް ނުޖެހި ތިބެ ކުރިއަރަން ހިނގާ
އޭ ދަރިންނޭ ނިކަން ބާރުލާ
މާތްވި އިސްލާމްދީނަށް ޓަކައި
ހޭއަރާވިސްނާށޭ ތިބާ
ލޯބިވާ ފުރާނަ އަންދާނުލާ
ދާށެ ކެއްތެރިވި ބަތަލުން ފަދައިން
ވާށެ ޖާނާ މާލުން ފިދާ
ދާށެ އަޒުމާ އުންމީދުގައި
ވާށެ ސާބިތުވެ މައިދާނުގައި
…..އިސްނަގާ ހިނގާދާން
ކާފިރުންގެ ހިތްތަކަށް ޒަލްޒަލާ
ގެނުވިޔޭ ބަދުރު ހަނގުރާމައިން
ދާހިތުން އުހުދު ހަނގުރާމަޔަށް
ދިޔައެ މާތް ޝަރަފު ލިބިގަތުމަށޭ
ވޭ ހަނދާނާއި ތާރީޙުގައި
މާތް ރަސޫލާ ގެ ގަދަފަދަ އަޒުމް
ދެއްވި ޤުރުބނީ ތައް އެތާ
މާތް ޞަހާބީންނާ ތާބިޢީން
…..އިސްނަގާ ހިނގާދާން
ލޭ ކެކޭގޮތް މަށަށް ވޭ އިންގޭ
ފޯރި ގަދަ ހަނގުރާމަތަކުން
ލޯ ކަރުނައިން ފުރިގެން ދެޔޭ
ލޯމަތިން ފެންނަ ހެންހީވޭޔޭ
އޭ މަގޭ ވެރި ރައްބުލް އުލާ
ކުރަމެ މިއަޅާ އެދިއެދި ދުޢާ
ދެއްވަވާންދޭ މަތި ވެރި ޝަރަފް
ދެއްވި ފަދައިން ކުރިން އުންމަތަށް
އިސްނަގާ ހިނގާދާން ފާޅުގައި ދަރީންނޭ
މުސްލިމެއްގެ ގޮތުގައި ފަޙުރު ވެރި ވެލާން
ދިންނަވާނެ މަގުގައި ހިއްވަރާ އެކީގައި
ދެންފަހަށް ނުޖެހި ތިބެ ކުރިއަރަން ހިނގާ
ކާބަފައިން ކުރި ޖިހާދޭ އިންގޭ ،
ދީންހިމާޔަތް ކުރުމަށްޓަކާ
ކާބަފައިން އޮހޮރި ލޭފަސްގަނޑަށް
ދިވެހި ފަސްގަނޑުގެ ޝަރަފަށްޓަކާ
ދިވެހިރާއްޖޭގެ ދީނޭ މިއީ ،
ދިވެހިރައްޔިތެއްގެ އަޒުމޭމިއީ
ދިވެހި އަޑަކުން ގޮވާ އިއްވަމޭ ،
ދިވެހި އުއްމަތް ސަލާމަތް ކުރޭ