© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ފިލާނެތޯ ލޯތަކުން މިފޫދޭ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
މި ހިތުގެ ދުޢާ
ރާގު: -
ޅެން: ޙަސަން ޝާކިރު މުޙައްމަދު
މި ހިތުގެ ދުޢާ އަބަދަށްމެ ފުދިގެން ދާށިއޭ
މި ހިތަށް ތަސައްލީއާދިރުން ދެއްވާށިއޭ
މި ހިތުގެ ދުޢާ އަބަދަށްމެ ފުދިގެން ދާށިއޭ
މި ހިތަށް ތަސައްލީއާދިރުން ދެއްވާށިއޭ
ކުށް ފާފައިން ޠާހިރުވެގެން ހުރުމަށް ޓަކައި
ކުށްތަކުގެ ހިޔަނިންވެސް ދުރަށް ދިއުމަށް ޓަކައި
ކުށްތަކުގެ ތަޢުބާއަށް އަދާ އުޅުމަށް ޓަކައި
ކުށްކުރެ ވިދާ ހިނދުގައި ޢަފޫ ދެއްވާށިއޭ
މި ހިތުގެ ދުޢާ އަބަދަށްމެ ފުދިގެން ދާށިއޭ
މި ހިތަށް ތަސައްލީއާދިރުން ދެއްވާށިއޭ
ފުރިހަމަ ޙަލާލުވި ރިޒުޤު ދެއްވާ ހެޔޮ މަގުން
ފުރިހަމަވި ދުޅަހެޔޮކަންމަތީ ހެލިފެލިވަމުން
ކުރިއަށް ދެވޭނޭ މަގު އަމާންކޮށް ދެއްވަމުން
ހުރިހާ ނަޞީބުގެ ރަޙުމަތެއް ލައްވާށިއޭ
މި ހިތުގެ ދުޢާ އަބަދަށްމެ ފުދިގެން ދާށިއޭ
މި ހިތަށް ތަސައްލީއާދިރުން ދެއްވާށިއޭ
ނިޔަތާ ދުލުން ކުއްތަންވެ ޚާލިޞްކަންމަތީ
ކިޔަމަންކަމާއެކު އަޅުވެތިވެ ހުރެ ބިންމަތީ
ހިޔަފަށް ކުރާ މި ދުޢާ މި މަޑުމޮޅިކަންމަތީ
ތިޔަ މާތް އިލާހުގެ ޙަޟްރަތަށް އުފުލޭށިއޭ
މި ހިތުގެ ދުޢާ އަބަދަށްމެ ފުދިގެން ދާށިއޭ
މި ހިތަށް ތަސައްލީއާ ދިރުން ދެއްވާށިއޭ