އާލާވެދާ މީ ހަނދާން

ރާގު: މާ ހޭ މުހައްބަތް ކަ ނާމް

އާލާވެދާ މީ ހަނދާން އާލާވެދާ މީ ހަނދާން ވޭނީ ވަދާޢީ ސަލާމް ހިނގި ޙާދިސާ ކަރުނަވީ ވާނޭހެ އަމުދުން ބަޔާން އާލާވެދާ މީ ހަނދާން ވޭނީ ވަދާޢީ ސަލާމް ނިވުނީ ވޮށޭ ރޯށަން ލޮލުގާވި ނޫރެކޭ ހޯ ލޯތްބާ އުފާދީ ރުހި ޅަޒުވާންވި މޫނެކޭ ހޯ ނޫރު ވިދާލާ ހަނދޭ ސާފު އުޖާލާ މުތޭ މޭގެ ތެރޭ ވާ ހިތޭ ވާނޭ މިތާ ތިޔަ ނިޝާން އާލާވެދާ މީ ހަނދާން ވޭނީ ވަދާޢީ ސަލާމް ޖިސްމާ ނަފުސު ރޫޙާ ދުނިޔެން ފަނާވެޔޭ ހާނ ތަޤުދީރުގާވާ މަގުން ކަންތައް ހިނގާނެޔޭ ހާނ ފޯވެ ދަނީއޭ ލޯތައް މޯޅިވަނީއޭ މާތައް ނިވެމުންދަނީއޭ ތަރިތައް ދިންވޭނުން ވަގުތާ ޒަމާން އާލާވެދާ މީ ހަނދާން ވޭނީ ވަދާޢީ ސަލާމް ވާތީ ހިތާ ގުޅިފާ މައިވަންތަ ލޯބި ރޯނޭ ލޭގުޅިފާވީމާ ބައްޕާގެ ރޫޙު ރޯނޭ ކަރުނައިގެ ވާރޭން ތެމޭ ޖާނު ނިމޭހާ ވެޔޭ ސޫރައެ ހިތުގާ ވެޔޭ ދެއްވާށި ޖަންނަތު އަމާން އާލާވެދާ މީ ހަނދާން ވޭނީ ވަދާޢީ ސަލާމް ހިނގި ޙާދިސާ ކަރުނަވީ ވާނޭހެ އަމުދުން ބަޔާން އާލާވެދާ މީ ހަނދާން ވޭނީ ވަދާޢީ ސަލާމް

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.